ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި

Tue, 07 May 2024 12:19 PM

View on this article on Mihaaru

ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި

ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އަށް ލައްކަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. އެ ގައުމުން 87،000 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ރަޝިއާ އިން 80،000 ޓޫރިސްޓުން އައި އިރު އިނގިރޭސިވިލާތުން 77،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރަށް ވުރެ 12 ޕަސެންޓު އިތުރު އަދަދެކެވެ.

މި މަހު ރާއްޖެއަށް ދުވާލަކު އެވްރެޖުކޮށް 5،100 ޓޫރިސްޓުން އާދެ އެވެ. މި އަދަދަށް ޓޫރިސްޓުން އަންނަ ނަމަ، ކުރިއަށް އޮތް ދޮޅު މަހުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ކުރިއަށް އޮތް 10 މަސް ތެރޭ ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް ވުރެ އިތުރު ކުރެވޭނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ދެ މިލިއަނަށް އިތުރު ކުރުމެވެ.





More from Mihaaru