އެއާޕޯޓުގެ މުވައްޒަފުންތަކަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

Tue, 07 May 2024 10:03 AM

View on this article on Mihaaru

އެއާޕޯޓުގެ މުވައްޒަފުންތަކަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (އެމްއޭސީއެލް)ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ އާއި ގުޅިގެން އެމްއޭސީއެލް އިން ބުނީ، އެއާލައިނެއްގެ ސްޓާފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިނގި އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެހެންވެ، އެއީ ރާއްޖެ އާއި ޓޫރިސްޓެއް ކަމެއް ނުވަތަ ވޯކް ވިސާ ނުވަތަ ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އެކަން ހިނގަން މެދުވެރި ސަބަބެއް ވެސް ސާފުވާގޮތް ވަނީ ނުވެފަ އެވެ.

މި މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ގޮސް ފުރަތަމަ ޖަހަނީ އެއާލައިން ސްޓާފެއްގެ މޫނު މަތީގަ އެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް ޖަހާފައިވެ އެވެ.

އޭނާ ހުއްޓުވަން އެއާޕޯޓް ސެކިއުރިޓީގެ މުވައްޒަފުންނާއި އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރާތަން ވިޑީއޯ އިން ފެނެ އެވެ. އަދި ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް ގޮވައިގެންދާ މަންޒަރު ވެސް އާންމުވި ވީޑިއޯގައި ފެނެ އެވެ.





More from Mihaaru