ސައުދީ، ޗައިނާ އަދި ބަންގްލަދޭޝް އަށް އައްޔަންކުރާ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

Mon, 06 May 2024 04:15 PM

View on this article on Mihaaru

ސައުދީ، ޗައިނާ އަދި ބަންގްލަދޭޝް އަށް އައްޔަންކުރާ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ރާއްޖެ އިން ތިން ގައުމަކަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ސަފީރުންނަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

އެއީ ޗައިނާގައި ހުންނަވާނެ ރާއްޖޭގެ ސަފީރަކަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު، ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު އަދި ސައުދީ އަރަބިއްޔާގައި ހުންނަވާނެ ސަފީރަކަށް މުހައްމަދު ތާހާ އަށެވެ.

އެ ތިން ބޭފުޅުންނަށް ވެސް ރުހުން ދިނީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޑރ. ފަޒީލަކީ ކުރީގެ ގަވަރުނަރުކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1987-2004 ގެ ނިޔަލަށް ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފަ އެވެ.

ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝިއުނީން ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް ވެސް މަޖިލީހަށް ފޮނުވި އެވެ.

މީގެ ތެރެއިިން ފަޒީލާއި ތާހާ ވަނީ މި މަހުގެ 21 ގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. ފަޒީލް، ފުވައްމަލަކު މެދުދާއިރާ އަށް އަދި ތާހާ ނ. ހޮޅުދޫ ދާއިރާ އަށް ވާދަކުރެއްވިއިރު ދެ ބޭފުޅުން ވެސް އިންތިހާބުގައި ވީ ނާކާމިޔާބެވެ.





More from Mihaaru