ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި

Sun, 05 May 2024 06:54 PM

View on this article on Mihaaru

ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި

އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިންނާއި ދިވެހި ސިފައިންގެ ގުޅިގެން ރާއްޖޭގައި ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ބްލެކް މާލިން" ގެ ހަތަރު ވަނަ އެޑިޝަން މިއަދުން ފެށިގެން މި މަހު 28 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ތެރެއިން ބައެއް ތަމްރީނުތައް ލ.ކައްދޫގައި ވެސް ބާއްވާނެ އެވެ.

އެ ތަމްރީނުތަކުގެ ތެރޭގައި އިންޓެލިޖަންސާއި ލޮޖިސްޓިކްސް އާއި މެޑިކަލް އާއި އީއޯޑީ އަދި އިންފެންޓްރީއާއާ ގުޅުން ހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގައި މިއަދު ފެށި އެމެރިކާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކުގައި ބައިވެރިވާ ބައެއް ސިފައިން.---ފޮޓޯ: އެމްއެންޑީއެފް

އެ ތަމްރީން ފެށުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ހުންނަވާ ސަފީރު ހިއުގޯ ޔޮންއާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ އާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް ބައިވެރިވެވަޑައިގަތެވެ.





More from Mihaaru