މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަން ކަމަށް ޖިހާދު

Tue, 30 Apr 2024 09:41 PM

View on this article on Mihaaru

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަން ކަމަށް ޖިހާދު

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފި އެވެ.

އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިދާރާގެ ގަވަނިން ބޯޑް ރައީސް އެކުލަވާލައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު ޖިހާދު ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްގެ މަގާމް އަދާ ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ރައީސް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ ނޫމަޑި ކުންފުނީގެ މައްސަލާގައި ޖިހާދު ވަނީ އެ މަނިކުފާނުގެ ދިފާއުގައި ހެކިބަސް ދެއްވައިފަ އެވެ.





More from Mihaaru