ވާރޭވެހި ފެންބޮޑުވެ ގުރައިދޫ 50 އަށްވުރެ ގިނަ ގެއަށް ގެއްލުން!

Tue, 30 Apr 2024 02:13 PM

View on this article on Mihaaru

ވާރޭވެހި ފެންބޮޑުވެ ގުރައިދޫ 50 އަށްވުރެ ގިނަ ގެއަށް ގެއްލުން!

ރޭ ކ. ގުރައިދުއަށް ބޯކޮށް ވާރޭވެހި 50 އަށްވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.

ގުރައިދޫ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ ރޭ ވާރޭ ވެހެން ފެށީ އިރާކޮޅު 7:30 ހާއިރު ކަމަށެވެ. ދެ ގަޑިއިރަށް ވެހުނު ވާރޭ ހުއްޓާލިއިރު ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ 9:30 ހާއިރު ވިއްސާރަ ހުއްޓާލީ. އޭރު މަގުތަކުގައި ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ގެއްލުން ވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

ގެތަކަށް ލިބުނު ގެއްލުން ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން 50 އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރައިދޫގައި ފެންބޮޑުވުމުން ރޭ ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ވަނީ ފެން ހިންދަން ފަށައިފަ އެވެ. އޭގެ ފަހުން އެމްއެންޑީއެފްއިން ވެސް އައި ފެން ހިންދުމަށް އެހީތެރިވަމުންނެވެ.

ކައުންސިލުން ބުނީ ރޭ 11:00ގައި ގެތަކުން ފެން ހިންދައި ނިންމާލައިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ގެ ތަކަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކަމަށް ކައުންސިލުން ބުންޏެވެ.

ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.





More from Mihaaru