ގެއްލިގެން ހޯދި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

Tue, 30 Apr 2024 10:54 AM

View on this article on Mihaaru

ގެއްލިގެން ހޯދި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ރޭ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ، އޭގެ ދަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ރޭ ފަތިހު އެވެ.

އެ އިން ދަތުރުކުރި ފަސް މީހުން ކަނޑުވެ ހަތަރު މީހަކު ރޭ ފަތިހު ސީއެމްބިއުލާންސަށް ނަގާފައިވާ ކަމަށާއި އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު އެވެ. އެއީ ބިދޭސީއެކެވެ.

މީގެ އިރުކޮޅެއް ކުރިން އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެ މީހާ ފެނުނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި އޮއްވައި ކޯސްޓްގާޑު ޑައިވަރުންނަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އިތުރު މައުލޫމާތެއް ނުދެ އެވެ.

މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.





More from Mihaaru