ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން ހޯދަނީ

Tue, 30 Apr 2024 09:58 AM

View on this article on Mihaaru

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން ހޯދަނީ

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން ދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެ އިން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށަައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލައި އެ އިން ދަތުރުކުރި ފަސް މީހުން ކަނޑުވި ކަމަށެވެ.

އެކަމަކު، އޭގެ ތެރެއިން ހަތަރު މީހަކު ރޭ ފަތިހު ސީއެމްބިއުލެންސަށް ނަގާފައިވާ ކަމަށާއި ބިދޭސީމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވަރަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.





More from Mihaaru