ދިވެހިންނާއި ބިދޭސީންގެ މާރާމާރީއެއް؛ އެކަކު ހައްޔަރު

Mon, 29 Apr 2024 11:37 PM

View on this article on Mihaaru

ދިވެހިންނާއި ބިދޭސީންގެ މާރާމާރީއެއް؛ އެކަކު ހައްޔަރު

ހުޅުމާލޭ ސެންޓްރަލް ޕާކް ތެރޭ ދިވެހިންގެ ބަޔަކާއި އިންޑިއާ ބަޔަކާ ދެމެދު ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި މާރާމާރީގެ ރިޕޯޓް ލިބުނީ 9 ޖަހަނިކޮށް ކަމަށާާއި އަނިޔާވި ދެ މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަނިޔާވީ ބޭރު ދެ މީހަކަށް ކަމަށާއި އެމީހުންނަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.

"އެމީހުންނަށް ދޭން ޖެހޭ ފަރުވާދީފައި މިހާރު ވަނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވި އެވެ.

މާރާމާރީގެ މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރީ ދިވެހި ފިރިހެނެކެވެ.

ހަމަނުޖެހުން ހިނގި މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މާރާމާރީ ހިނގީ ކޮން މައްސަލައެއްގައި ކަމެއް އަދި ހަމަލާ ދިން ގޮތުގެ ތަފްސީލެއް ވެސް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.





More from Mihaaru