މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި

Mon, 29 Apr 2024 11:31 PM

View on this article on Mihaaru

މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް 850 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ސުވާލުކުރުމަށް ފުރުސަތުދޭ "އަހާ" ފޯރަމްގައި، މަސްވެރިންނަށް ފައިސާ ދޫކުރަމުންދޭތޯ އާއި އެ މީހުންނަށް މިހާތަނަށް ކިހާ ފައިސާއެއް ދޫކުރިތޯ ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ސެޕްޓެމްބަރު 16 ގައި މަހުގެ އަގު 17 ރުފިޔާ އިން 25 އަށް ބޮޑުކުރުމަށް ފަހު ގެނައި ބަދަލާ އެކު ނުދެވި ހުރި ފައިސާ އެވެ.

ވަޒީރުންނަށް ސުވާލުކުރުމަށް ފުރުސަތުދޭ "އަހާ" ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް (ކ) އާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު އެ ދަނޑިވަޅަކީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ކުއްލިއަކަށް ފައިސާ ދޭން އުނދަގޫ ހާލާތެއް ނަމަވެސް މިހާރު އެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިން ކިރާ މަހަށް ފައިސާ ދައްކަމުން ގޮސް ރޯދަ މަހުގެ ކުރިއަށް ބެކްލޮގް އެއްކޮށް ކްލިއާ ކޮށްފައިވާ ކަމަށެވެ.

"ﷲގެ އިރާދަފުޅުން މިއަދު ވާހަކަ ދައްކާއިރުގައި މަސްވެރިންނަށް މިހާތަނަށް، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ އަދަދުތަކުން، 850 މިލިއަން ރުފިޔާ ދެއްކިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ފަހުން ބެލިއިރު މަސްވެރިންނަށް މިހާރު ނުދެވިއޮތީ 27 މިލިއަން ރުފިޔާ އެވެ. އެ އަދަދަކީ މަސްވެރިން ބާނާ މަހަށް އެ ދުވަހުން އެ ދުވަހަށް ފައިސާ ނުދެވޭ ނަމަ، އަދަދު އިތުރުވާނެ އަދަދެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ނުދެއްކޭނެ އަދަދެއް ނޫން. އިރާދަކުރެއްވިއްޔާ މިމަހު މުސާރަ ނިންމާފައި، މިފްކޯ އިން މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ ދައްކާނެ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް ފައިސާ ދޫކުރަން ފެށީ، ފައިސާ ޖަމާކޮށްދިނުން ލަސްވާތީ ގއ. ކޫއްޑޫގައި މަސްވެރިން ސިލްސިލާ މުޒާހަރާތަކެއް ކުރި ފަހުންނެވެ. އެހެންވެ، ސަރުކާރުން އޭރު މަސްވެރިންނާ މަޝްވަރާކޮށް އެއްބަސްވީ ބަހާލައިގެން އެ ފައިސާ ދައްކާ ގޮތަށެވެ.





More from Mihaaru