ބިލަށް އަރާވަރު ލައިވްކޮށް ބެލޭ ގޮތް ފެނަކައިން ހަދަނީ

Mon, 29 Apr 2024 09:04 AM

View on this article on Mihaaru

ބިލަށް އަރާވަރު ލައިވްކޮށް ބެލޭ ގޮތް ފެނަކައިން ހަދަނީ

ކަރަންޓު ބިލަށް އަރާ އަދަދު ކޮންމެ ދުވަހަކު ވަގުތުން ބެލޭނެ "ސްމާޓް މީޓާ" ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓާ ޕްރޮޖެކްޓް ދ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ.

ސްމާޓް މީޓަރާ އެކު ކޮންމެ ދުވަހެއްގެ ބިލާއި ބޭނުން ކުރެވޭ ޔުނިޓުގެ އަދަދު ވަގުތުން ބެލޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

"މާނައަކީ މާދަމާ ނިމޭ އިރު މިހާރު ބިލަށް އަރާފައި އޮތް ވަރު އެނގޭނެ. އޭރަށް އިތުރަށް އިކޮނޮމައިޒް ކުރަން މަގުފަހި ވެގެން ދާނެ،" މުއާޒް ވިދާޅުވި އެވެ.

މިހާރު ދ. ކުޑަހުވަދޫގައި އެ މަޝްރޫއު އެއްކޮށް ނިންމާލާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބިލަށް އަރާ އަދަދު ބެލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.





More from Mihaaru