ފުލުހުންގެ އިސް އޮފިސަރެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

Sun, 28 Apr 2024 01:58 PM

View on this article on Mihaaru

ފުލުހުންގެ އިސް އޮފިސަރެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

ފުލުހުންގެ އިސް އޮފިސަރެއް ކުއްލި ގޮތަކަށް މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުގައި މަސައްކަތްކުރަމުން އައި މުހައްމަދު ޒިޔާދު، 44، ނިޔާވީ ގޭގެ ފާހާނާގައި ހުއްޓައި ކުއްލިއަކަށް ވެއްޓި، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

ނިޔާވިއިރު އޭނާ ހުރީ ކޮމާންޑު ސެންޓަރުގައި ޑިއުޓީ އޮފިސަރަކަށެވެ. ޒިޔާދު ވަނީ މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ.

ޒިޔާދު ފުލުހުންގެ ހިދުމަތާ ގުޅުނީ، ފުލުހުންނާއި ސިފައިންނާ އެއްކޮށް އޮތް ދުވަސްވަރު އެވެ. ނަމަވެސް، ފަހުން ދެ މުއައްސަސާ ވަކިކޮށްލުމުން ރަސްމީކޮށް ފުލުހުންގެ ހިދުމަތާ ގުޅުނެވެ.

އޭނާގެ ހިދުމަތަށް އަންނަ މަހުގެ 22 ގައި 27 އަހަރު ފުރޭނެ އެވެ.

ޒިޔާދުގެ ކަށު ނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.





More from Mihaaru