ތިން މީހުންނާ އެކު ފަރުމަހަށް ނުކުތް ދޯނި ހޯދަން ޑްރޯން ބޭނުންކުރަން ފަށައިފި

Sat, 20 Apr 2024 10:30 AM

View on this article on Mihaaru

ތިން މީހުންނާ އެކު ފަރުމަހަށް ނުކުތް ދޯނި ހޯދަން ޑްރޯން ބޭނުންކުރަން ފަށައިފި

މ. މަޑުއްވަރީން ތިން މީހުންނާ އެކު ފަރުމަހަށް ނުކުތް ދޯންޏެއް ހޯދަން، ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އަސްކަރީ ޑްރޯން ބޭނުންކުރަން ފަށައިފި އެވެ. މިއީ މިދިޔަ މަހު ރާއްޖެ އަށް އަސްކަރީ ތިން ޑްރޯން ގެނައި ފަހުން އެ ބޭނުންކޮށްގެން ހިންގާ ފުރަތަމަ ރެސްކިއު އޮޕަރޭޝަނެވެ.

އެމްއެންޑީއެފުން ބުނީ އެ އަތޮޅު ރަތްމަންދޫ ބޭރަށް މަހަށް ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއްގެ ޚަބަރެއް ނުވެގެން ރޭ 11:30 ހާއިރުން ފެށިގެން އެ އުޅަނދު ހޯދަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް "ޔޫއޭވީ" ނުވަތަ އަސްކަރީ ޑްރޯން އުދުއްސާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ ދޯންޏެއްގައި އިއްޔެ ހަވީރު މަހަށް ނުކުމެ އުޅުނު ދެ މީހެއްގެ ޚަބަރު ނުވެގެން ރޭ 10:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެމްއެންޑީއެފުން ފަހުން ބުނީ ދޯނީގައި ތިބީ ދިވެހި ތިން ފިރިހެނުން ކަމަށެވެ.

ގެއްލިގެން ހޯދާ ދޯނިގައި ތިބީ ކ. މާފުށިން މަޑުއްވަރީއަށް ދިޔަ ބައެކެވެ. އެ މީހުން މަހަށް ދިޔައީ މަޑުއްވަރީގެ ދޯންޏެއްގަ އެވެ.

"ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާއިރު، އަދިވެސް ދަނީ ހުއްޓުމެއްނެ ތި ހޯދުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން ދެންމެ ބުންޏެވެ.

އެ ދޯންޏާއި ގެއްލިގެން އުޅޭ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ކޯސްޓްގާޑަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.





More from Mihaaru