ކޮމަންޑު އާއި ގުރައިދޫގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

Thu, 18 Apr 2024 11:41 PM

View on this article on Mihaaru

ކޮމަންޑު އާއި ގުރައިދޫގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އެ ފަސް ރަށުގައި އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ވަކިވަކިން ރަސްމިއްޔާތުތައް ވެސް ބާއްވައިފަ އެވެ.

ކޮމަންޑޫ އެއާޕޯޓްގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

އެ ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އާއި ސަރުކާރުގެ އިސްވެރިން އެހެން ބައެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ށ. ކޮމަންޑޫގައި އެއާޕޯޓް އެޅުމަށް އެއްބަސްވުން ބަދަލުކުރުން.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު އާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެހެން ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް މިނިސްޓްރީ އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ ފަސް މަޝްރޫއުގެ އިތުރު ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ.

މިލަންދޫ، ކޮމަންޑު، ގުރައިދޫ އަދި ވިލުފުށީގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.





More from Mihaaru