ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީ އަށް

Thu, 18 Apr 2024 09:04 PM

View on this article on Mihaaru

ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީ އަށް

ހދ. މަކުނުދު އާއި ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މަކުނުދު އާއި މާކުރަތު އަދި މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ. އަދި އާރުޑީސީ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފެވެ.

ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދު (ވ) އާއި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: އާރުޑީސީ

އެ ތިން ރަށުގެ މަގުތައް ހެދުމަށް އެކުލަވާލި އެއްބަސްވުމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

އާރުޑީސީން އަންނަނީ ވަރަށް ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 27 ރަށެއްގައި މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.





More from Mihaaru