ޑެސްފަރަލް ހުސްވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށަހަޅައިފި

Thu, 08 Jun 2023 05:52 PM

View on this article on Mihaaru

ޑެސްފަރަލް ހުސްވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށަހަޅައިފި

ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރަލް ރާއްޖެއިން ހުސްވި މައްސަލައިގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބުނެ، އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެމްއެންޕީން ހުށަހަޅައިފި އެވެ.

ޑެސްފަރަލް މާލެއިން ހުސްވެ، ސޯޝަލް މީޑިއާގައި އެ މައްސަލަ މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ފެންމަތިކުރީ ލަވަކިޔުންތެރިޔާ މާއިން ރަޝީދެވެ. އޭނާ ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ހުރި ޑެސްފަރަލް ހުރީ މުއްދަތު ހަމަވެފަ އެވެ. އަދި އެންމެ އަވަހަށް ވެސް ޑެސްފަރޯލް ސްޓޮކެއް ރާއްޖެއަށް ލިބޭނީ މިމަހުގެ 15 ގަ އެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ސޮއިކުރައްވައި، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޑެސްފަރަލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ މައުލޫމާތު ހޯދުމުން، ރާއްޖޭގައި ހުރި ޑެސްފަރަލް މިދިޔަ މެއި މަހު މުއްދަތު ހަމަވެފައިވާކަން އެނގުނު ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު ޑެސްފަރަލް ލިބެން ނެތްކަން އެ ޕާޓީއަށް ޔަގީންކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޕީން ހުށަހެޅި މައްސަލައިގައި ވަނީ ޑެސްފަރަލް އަކީ ތެލެސީމިއާ ބަލިކުދިންނަށް ވަގުތުން ވަގުތަށް ކޮންމެހެން ބޭނުންވާ ބޭހަކަށްވާއިރު ޑެސްފަރަލް ހުސްވެ، ނުލިބޭ ހާލަތަކަށް ނުދާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ޑެސްފަރަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން އެކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރުމަށް ފިޔަވަޅު އަޅައިދިނުމަށެވެ.

ޑެސްފަރަލް ހުސްވެ ނުލިބެން ދިމާވި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ވެސް އެ ޕާޓީގެ ސިޓީގައި އެދިފައިވެ އެވެ. އަދި އެ މައްސަލާގައި މީޑިއާތަކުން ހެލްތު މިނިސްޓްެީ އާއި ތެލެސީމިއާ ސެންޓަރަށް ކުރިމަތިކުރުވި ސުވާލުތަކަށް އެ އިދާރާތަކުން ޖަވާބު ނުދިނުމަކީ ވެސް އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ޔަގީންވާ ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ.

ހެލްތު މިނިސްްޓްރީން ބުނެފައިވާ ގޮތުގައި މިމަހުގެ 14 ގައި ރާއްޖެއަށް ޑެސްފަރަލް ޝިޕްމަންޓެއް ލިބޭނެ އެވެ. އެ ގެނައުމުގައި ދަތިވީ ރާއްޖެއަށް ބޭސް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ މިނިސްްޓްރީން ބުނެ އެވެ.



More from Mihaaru