ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި

Sat, 25 Mar 2023 03:43 PM

View on this article on Mihaaru

ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ރިޔާސީ އިންތިޚާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުން އެކަމަށް އެދި އީމެއިލް މެދުވެރިކޮށް ޖުލައި 25 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވެވެނީ އުމުރުން 18 އަހަރު ފުރިފައިވުމާ އެކު ބޭރުގެ ޖަމާއަތެއްގެ މަންދޫބަކަށްވުމެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަކީ ވެސް ޝަރުތެކެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާނެ އެވެ.

މިފަހަރުގެ އިންތިޚާބަކީ 10 އަހަރަށްފަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރައެއް އޮންނާނެ ފަހަރެވެ.



More from Mihaaru