މޮޓޯކޭޑް މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް

Sat, 25 Mar 2023 02:44 PM

View on this article on Mihaaru

މޮޓޯކޭޑް މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ބައެއް މީހުން ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި އިއްޔެ ހައްޔަރުކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސެވެ.

އޭނާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ. އޭނާއާ އެކު ޖުމްލަ ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެން ވެސް ތިބީ ބަންދުގަ އެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ސިފައިންނާއި ފުލުހުންގެ އިހުމާލެއް އޮތްތޯ އެމްއެންޑީއެފްގެ ހާއްސަ ކޮމެޓީއަކާއި ރައްޔިތުންގެ މަޖިލީހުން ވެސް ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ސިފައިންގެ ބައެއް އޮފިސަރުން މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މިއީ ރައީސްގެ މޮޓޯކޭޑަކަށް ހުރަސް އެޅި ފުރަތަމަ ފަހަރެވެ.



More from Mihaaru