އެމްޑީޕީ އިން ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ކެމްޕޭން ފަށައިފި

Mon, 20 Mar 2023 01:24 PM

View on this article on MDP

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭން ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އިން ފަށައިފިއެވެ. މިގޮތުން އެމްޑީޕީ އިން މިދާއިރާއަށް ކުރިމަތިލުމަށް އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހިމް ޝާޒް އާއި މިނިސްޓަރުންގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި އެހެނިހެން ސަރުކާރުގެ އިސްވެރިން ހިމެނޭ ޕާޓީގެ ވަފްދެއް މިދާއިރާގެ 3 ރަށަށް މިއަދު ދަތުރުކުރާނެއެވެ.

މިދަތުރުގައި މިދާއިރާގެ 3 ރަށުގެ ކެމްޕޭނު ޓީމުތަކާއި ރައްޔިތުންނާ ބައްދަލު ކޮށް ދޮރުން ދޮރަށް ހިނގާ ކެމްޕޭނު ކުރިއަށް ގެންދާނެއެވެ.

އެމްޑީޕީގެ ސަރުކާރުގެ މި 4 އަހަރުތެރޭގައި މިދާއިރާގެ 3 ރަށަށް ވަނީ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައެވެ. އޭގެ ތެރޭގައި ގުޅީގައި ފެނާ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެން ފަދަ މަޝްރޫއުތައް ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން އޮންނާނީ މި އޭޕްރިލް މަހުގެ 15 ވާ ހޮނިހިރު ދުވަހެއެވެ.


More from MDP