އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް "މަވައްދަތު" ގެ ނަމުގައި ސިލްސިލާކޮށް ފޯރަމްތަކެއް ބާއްވަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައި ފުރަތަމަ ފޯރަމްގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި ފޯރަމްތައް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީއާއި ފެމިލީ ކޯޓު ގުޅިގެންނެވެ. "ކައވެނީގެ ކުރިން" މި މައުޟޫއަށް ބާއްވާ ފުރަތަމަ ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ (16 އޮގަސްޓް 2024) ރޭ 20:30 އިން 22:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ފޯރަމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވާނީ ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމެވެ. މި ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމެއް ފުރިހަމަ ކުރަން ޖެހެއެވެ.