ބޮޑު މަހެއްގައި ޖެހި މަސްވެރިކަމަށް ނިކުމެ އުޅުނު ބައެއްގެ ލޯންޗު ބަންޑުން ޖަހާލައިފި

Thu, 25 Jul 2024 08:16 AM

View on this article on Masverin

ބޮޑު މަހެއްގައި ޖެހި މަސްވެރިކަމަށް ނިކުމެ އުޅުނު ބައެއްގެ ލޯންޗު ބަންޑުން ޖަހާލައިފި

ކުޑަ ލޯންޗެއްގައި މަސްވެރިކަމަށް ނިކުމެ އުޅުނު 2 މީހެއްގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ.



އެމެރިކާގައި ހިނގި މި ހާދިސާގައި ބޮޑު މަހެއްގައި ލޯންޗު ޖެހި އޭގައި ތިބި 2 މަސްވެރިން މޫދަށް ވެއްޓެއެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވަނީ ސޯޝަލް މީޑިއާގައިވެސް އާއްމުވެފައެވެ.

އެމީހުން މަސް ބޭނުމުގައި އުޅެނިކޮށް، ކުއްލިއަކަށް ފެނުން މައްޗަށް ބޮޑު މަހެއް އަރައެވެ. ބޮޑު މަހުގައި ޖެހި ލޯންޗު ފުށުން ޖަހައެވެ.

އެމީހުން މަސްވެރިކަމުގައި އުޅުނު އިރު، އެ ބޮޑު މަސް އެ ސަރަހައްދުގައި އުޅޭކަން ފާހަގަކުރެވުމުން، މަސައްކަތްކުރީ އެއާ ދުރުން އުޅުމަށް ކަމަށް އެމީހުން ބުނެފައިވެއެވެ.

ލޯންޗު ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ދެމީހުންގެ ހާލު ރަނގަޅެވެ. އަދި މިއީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް އެމީހުން ބުނެއެވެ.



More from Masverin