ކަނޑޫދޫ ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރިފަރާތެއް ހޯދަނީ

Wed, 24 Jul 2024 07:49 PM

View on this article on Masverin

ކަނޑޫދޫ ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރިފަރާތެއް ހޯދަނީ

ތ. ކަނޑޫދޫ ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރި ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.



ކަނޑޫދޫ ކައުންސިލުން ބުނީ އެރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބަނދަރު ތެރެއަށް މި ޖުލައި މަހުގެ 08 ވަނަ ދުވަހު އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިދޯނީގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން ކައުންސިލަށް އަންގައިދިނުމަށްވަނީ އެދިފައެވެ.

އަދި މިމުއްދަތުގައި ދޯނީގެ ވެރިފަރާތެއް ވާކަން ނުވަތަ ނުވާކަން އެއިދާރާއަށް އަންގާފައިނުވާނަމަ، ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދުގެ ދަށުން ޢަމަލުކުރެވޭނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

 



More from Masverin