ހިރިލަންދޫއަށް މިއަދު މަސް ކިލޯއެއް ގަނެފައިވަނީ 35ރ އަށް!

Wed, 24 Jul 2024 04:19 PM

View on this article on Masverin

ހިރިލަންދޫއަށް މިއަދު މަސް ކިލޯއެއް ގަނެފައިވަނީ 35ރ އަށް!

މިދުވަސްވަރު ކަނޑުމަސް ލިބޭ ވަރު މަދުވެ، މިއަދު ތ. ހިރިލަންދޫއަށް މަސް ކިލޯއެއް މިއަދު ގަނެފައިވަނީ 35.40ރ އަށެވެ.



ތ. ހިރިލަންދޫއަކީ ރާއްޖެއިން މަސްވެރިކަމަށް ފާހަގަކޮށްލެވޭ ރަށެކެވެ. މަސްދޯނިފަހަރު ގިނަ ރަށެކެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް މަސްކައްކާ ހިއްކާ އެއް ރަށެވެ. އެންމެ ގިނައިން މަސްދޯނިފަހަރު ބަންނަ އެއް ރަށެވެ. ރަށުގެ އެއްކޮޅު ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ.

ހިރިލަންދޫއަށް މިއަދު 35.40ރ އަށް މަސް ކިރުވާފައިވަނީ އައްޑޫގެ ކިރާނީ ދޯނިންނެވެ. ހިރިލަންދޫއިން ވާހަކަދެއްކި މީހަކު ބުނީ އެ ދޯނިން އެރަށް 2 ޓަނު މަސް ކިރުވާފައިވާ ކަމަށެވެ.

އަދި މިހާރު އެރަށަށް މަސް ކިރުވަމުންދަނީ ކީލަމުގެ އުސޫލުން ކަމަށްވެސް އޭނާ ބުންޏެވެ.

މިއަދު މަސް ގެނެފައިވާ އަގަކީ ރެކޯޑު އަދަދެއްކަންވެސް އޭނާ ފާހަގަކުރިއެވެ.

މަސްވެރިކަން ރާއްޖެއަށް ދަށްވެފައިވާއިރު މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އައިސްފައިވާ ބަދަލުތަކެއްކަމަށް މަސްވެރިން ބުނެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ މޫސުމަށްވަނީ އާދަޔާ ޚިލާފު ބަދަލު އަންނަންފަށާފައެވެ. މިހާރު މިދުވަސްވަރު އިހުސާސްވަނީ އިރުވައިމޫސުމުގެ ފަހުކޮޅުކަމަށް ކެޔޮޅުން ބުނެއެވެ.

ހޫނުންމިން ހުންނަވަރާއި އަދި ކަނޑުގެ އުފެދޭރާޅުވެސް ނެތިފައި އެހާމަޑުވެފައިވާއިރު، ދޭތެރެއަކުން ރާއްޖޭގެ އުތުރަށް ވާރޭ ވެހުނު ނަމަވެސް ޖޫންމަހާއި ޖުލައިމަސް ވެސް މިދަނީ ވާރޭނުވެހިކަން ކެޔޮޅުން ފާހަގަކުރެއެވެ. އަދި ކަނޑުގެ އެތެރެވަރިޔާއެއްކޮށް ގިނަޢަދަދަކަށް މިޔަރެން ޒާތުގެ އެމެއްވަނީ އަޅާފައެވެ.
އެމާއި ފަނިވަރު ކަޑުގައި ގިނަޢަދަދަކަށް ހުރުމުން ދޯނިފަހަރުން އެއްލާ އެމަކާ މަސް ނޫޅޭކަމަށާއި މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅުވާނީ އަންނަ އޯގަސްޓް ކުރީކޮޅުގައިކަމަށް މަސްވެރިން ލަފާކުރެއެވެ.

މުޅިއަހަރަށް ބަލާއިރުވެސް މަސް ބާނާނެކަމަށް ގިނަ ކެޔޮޅުން ލަފާކުރަނީ މިދިޔަ އަހަރު ބޭނިވަރުގެ %60 އެވެ. މިގޮތަށް މަސްވެރިކަން ދަށަށްދަނީ ކޮންމެ 8 އަހަރަކުން ނުވަތަ 7 އަހަރުންކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.



More from Masverin