މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި

Wed, 24 Jul 2024 03:42 PM

View on this article on Masverin

މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް 141 ފުޅި ބަނގުރަލާއެކު ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.



ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ އެޕާޓްމަންޓާއި ފިހާރަ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންނެވެ.

އެ މައްސަލައާ ގުޅިގެން 24 އަަހަރުގެ ބިދޭސީ ފިރިހެނަކާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށް، ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަން އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



More from Masverin