ހުޅަނގު މޫސުމުގެ 3 ވަނަ ނަކަތް : ކެތި

Mon, 06 May 2024 07:25 AM

View on this article on Masverin

ހުޅަނގު މޫސުމުގެ 3 ވަނަ ނަކަތް : ކެތި

ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ބުރުނު ނިމި ތިންވަނަ ނަކަތް ކެތި ފެށިއްޖެއެވެ.



ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކުރިއަށްދާނީ މިމަހުގެ 6ވަނަ ދުވަހުން 19ވަނަ ދުވަހަށެވެ. މި ނަކަތް ކުރިއަށްދާނީ 14 ދުވަހަށެވެ.

ވިއްސާރަ ވިލާގިނަވާން ފަށާ އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ކުރަން ފަށައެވެ. މަސްވެރިންކަން މި ދުވަސްވަރު ދަށްވާނެއެވެ.

ހުޅަނގު މޫސުމުގައި ހިމެނެނީ 18 ނަކަތެވެ. އަދި އިރުވައި މޫސުމުގައި ހިމެނެނީ ނުވަ ނަކަތެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ މިއެވެ.

 



More from Masverin