މާބަނޑު މިޔަރެއް މަރާލި މީހަކު ކަންތައް ކުރީ ރަނގަޅަށް ކަމަށް ނިންމައިފި

Wed, 01 May 2024 07:26 PM

View on this article on Masverin

މާބަނޑު މިޔަރެއް މަރާލި މީހަކު ކަންތައް ކުރީ ރަނގަޅަށް ކަމަށް ނިންމައިފި

ނިއުޒިލޭންޑުގެ ބީޗެއްގައި މާބަނޑު މިޔަރެއް މަރާލި މީހަކު ކަންތައް ކުރީ ރަނގަޅަށް ކަމަށް ނިންމައިފިއެވެ.



މިދިޔަ ޖެނުއަރީމަހުގެތެރޭގައި ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއި އެކު ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވިއެވެ. އަދި މިއާ އެކު އެޤައުމުގެ މިނިސްޓްރީ ފޮރ ޕްރައިމަރީ އިންޑަސްޓްރީގެ ފަރާތުންވަނީ ތަޙުޤީގެއް ކުރިއަށްގެންގޮސްފައެވެ.

އަދި ކުއްވެރިވާ މީހާއަށް އެނިމަލް ވެލްފެއަރ އެކްޓްގެ ދަށުން ފިޔަވަޅު އެޅުމަށް މަސައްކަތްކުރި ނަމަވެސް، ތަހުގީގު ނިމުނު އިރު އެމީހާ ކޮށްފައިވާ ކުށެއް ނޫންކަން ވަނީ ހާމަވެފައެވެ.

ތަހުޤީގަށް އެނގުނުގޮތުގައި އެ މިޔަރަށް މަސް ބާނާ ބުޅިއެއް ކެވިފައިވުމުން، އެމީހާ މަސައްކަތްކޮށްފައިވަނީ އެންމެ އަނިޔާވެރިކަން ކުޑަ ގޮތަކަށް މިޔަރު މަރާލުމަށްކަމަށެވެ. އަދި އޭގެ ބަނޑުގައި ހުރި ކުދި މިޔަރުތައްވެސް އަނބުރާ މޫދަށް ދޫކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ގާތްގަނޑަކަށް ބާރަވަރަކަށް ކުދި މިޔަރު އޭގެ ބަނޑުގައި އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

މިޔަރުތައް އާއްމުކޮށް ވިހެއުމަށް މޫދުގެ ތިލަ ހިސާބަށް އާދެއެވެ. އަދި މި މިޔަރުވެސް ތިލަ ހިސާބަށް އައިސްފައިވަނީ ވިހެއުމަށްކަމަށް މި ތަހުގީގުގައި ހަރަކާތްތެރިވި ކޮންސަލްޓަންޓު ބުނެފައިވެއެވެ.

އޭނާވަނީ މިޔަރު މަރާލުމަށް އެމީހާ ބޭނުންކޮށްފައިވާ އުކުޅަށްވެސް ތައުރީފްކޮށް، އެއީ އެންމެ އަނިވެރިކަން ކުޑަ ގޮތްކަމަށް ބުނެފައެވެ.



More from Masverin