ކެޕްޓަން އަންވަރުގެ ހުވަފެން ހަގީގަތަކަށް: ބޭނުނީ ޕްރިކްލީ އެންގްލަރފިޝްއެއް!

Wed, 01 May 2024 11:47 AM

View on this article on Masverin

ކެޕްޓަން އަންވަރުގެ ހުވަފެން ހަގީގަތަކަށް: ބޭނުނީ ޕްރިކްލީ އެންގްލަރފިޝްއެއް!

ކެޕްޓަން އަންވަރުގެ ހުވަފެން ހަގީގަތަކަށްވެ، ޕްރިކްލީ އެންގްލަރފިޝްއެއް ބޭނިއްޖެއެވެ.



އއ. އުކުޅަހު މުހަންމަދު އަންވަރު (ކެޕްޓަން އަންވަރު) ސްޕޯޓްސް ފިޝިންއަށް ހުންނަ ޝައުގުވެރި ކަމަކާއެކ، މީގެ ކުރިންވެސް ތަފާތު މަސް ބާނާފައި ވެއެވެ.

އެގޮތުން މިފަހަރު އޭނާއަށް ބޭނުނީ ހަ އިންޗީގެ ދިގުމިން ހުންނަ ޕްރިކްލީ އެންގްލަރފިޝްއެކެވެ.

މަސް ބޭނެވުމުން އުފާފާޅުކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަންވަރު ބުނެފައި ވަނީ، ކުޑައިރުއްސުރެ މި މަހުގެ ވާހަކަ ވަރަށް ގިނައިން އަޑުއަހާފައި ވާ ކަމަށެވެ. އަދި މިއީ ކިހިނެއް ވާނެ ކަމެއް ބާއޭ ހިތަށް އަރާކަމަށެވެ.

"އަބަދުވެސް އަޅުގަނޑަށް މިކަން ފެންނަނީ ކާޓޫން ފިލްމުތަކުން، ޔޫޓިއުބް ވީޑިއޯތަކުން، ތަސްވީރުތަކުން ފަދަ ތަކެތިން" އަންވަރު ބުންޏެވެ.

އޭނާ ބުނީ މިފަދަ ދިރުމެއް ހަގީގީ ދިރިއުޅުމުގައި ފެނޭތޯއައަބަދުވެސް ހުވަފެނުގައި ދެކެމުން އަންނަ ކަމަށެވެ. އެ ހުވަފެން ހަގީގަތަކަށްވީ އެންމެ ފަހުން 1000ގ ގެ ޖިގެއްގައި ހިފާލުމުން ކަމަށް އަންވަރު ބުންޏެވެ.



More from Masverin