ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އަތުލައިގަނެފި

Tue, 19 Sep 2023 02:04 PM

View on this article on Masverin

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ 4 މަސް ބޯޓެއް އިއްޔެވެސްވަނީ އަތުލައިގަނެފައެވެ. މިހުރިހާ ބޯޓުތަކަކީވެސް ލަންކާގެ ބޯޓުތަކެކެވެ. މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.
މި ބޯޓުތަކާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ މަހުގެތެރޭގައިވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ މަސްބޯޓެއް އަތުލައިގަނެފައެވެ.


More from Masverin