ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.އެއީ މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފާއިތުވީ 2 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްއެވެ.
މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ. އެގޮތުން މިހާރު މިއީ ހުޅަނގު މޫސުމުގެ 12ވަނަ ނަކަތް ކަމުގައިވާ "އުތުރަ" ނަކަތެވެ. އުތުރަ ނަކަތަކީ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
އިހުގެ ޢާންމު ބަހުރުވައިންނަމަ މި ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ 4.59 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅުވާނެއެވެ.
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު
View on this article on Masverin
