ކަނޑު ވިއްކާލި މައްސަލަ އެޖެންޑާ ކުރުމުން އެމްޑީޕީ މެންބަރުން މަޖިލިސް ބޮއިކޮޓްކޮށްފި

Mon, 18 Sep 2023 03:33 PM

View on this article on Masverin

ކަނޑު ވިއްކާލި މައްސަލަ އެޖެންޑާ ކުރުމުން އެމްޑީޕީ މެންބަރުން މަޖިލިސް ބޮއިކޮޓްކޮށްފި

ޗާގޯސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދިވެހި ސަރުކާރުން ދޫކޮށްލި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ޤަރާރުގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އެމްޑީޕީގެ މެންބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހައްދަވައިފިއެވެ.

މިއަދު ހެނދުނު 09:00 ގައި ފަށަން ތާވަލްކުރި ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުންވަނީ ކެންސަލްކޮށްފައެވެެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތިން ފަހަރެއްގެ މަތިން ޖަލްސާ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށްވަޑައިނުގެން މަޖިލިސް ގޯތިތެރޭގައި ހުންނަ ކުޑަ ދަށުގައި އެބަތިއްބެވިއެވެ.

އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ޖަލްސާ ފެށުމަށް ދެކޮޅު ހަދާފައިވަނީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ބިލްތައް އެއްފަރާތްކޮށް، ސަރުކާރާއި ދެކޮޅަށް ހުށަހަޅާފައިވާ ބިލްތަކަށް، މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާތީ ކަމަށް އެމްޑީޕީގެ މެންބަރުންވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެ ޤަރާރު އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ގަވައިދާއި އެއްގޮތައް ކަމަށެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިޤަރާރަކީ 22 މެއި 2023 ގައި ހުށަހަޅާފައިވާ ޤަރާރެއް ކަމަށާއި، މިއީ ތަޅުމަށް ގެންނަން ޖެހޭ އިތުރަށް ލަސް ކުރެވެން ނެތް ޤަރާރެއް ކަމަށެވެ. އަދި ނަޝީދު ވަނީ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަކުރާރުކޮށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މަޖިލިސް ޖަލްސާ މިއަދުވެސް ކެންސަލް ވެފައިވާއިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ މިހާރު ދެތިންމަސް ދުވަސް ވެއްޖެއެވެ.


More from Masverin