މަރާތާތަށް ކުޑަފަރީ މަސްމާރުކޭޓު ވަގުތީގޮތުން ބަންދުކުރަނީ

Mon, 05 Jun 2023 10:16 AM

View on this article on Masverin

މަރާތާތަށް ކުޑަފަރީ މަސްމާރުކޭޓު ވަގުތީގޮތުން ބަންދުކުރަނީ

އަންނަ ހޮނިހިރު ދުވަހު ނ. ކުޑަފަރީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދަ ލިޓުލް ބިގް ފެސްޓިވަލް - ކުޑަފަރީ 2023" ގެ ހަރަކާތްތަކަށް މަސްމާރުކޭޓު މަރާމާތު ކުރުމަށްޓަކައި، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން މާރުކޭޓުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ކުޑަފަރީ ކައުންސިލުން ބުނެފިއެވެ.

މި ދުވަސްތަކުގައި މަސްކެނޑުމުގައި ބަނދަރުގެ ސާފުތާހިރުކަން ނުގެއްލޭގޮތުގެމަތިން މަސްކެނޑުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެންމެހައި ރައްޔިތުންގެ ފަރާތުން ކައުންސިލުން ވަނީ އެދިފައެވެ.

" ދަ ލިޓުލް ބިގް ފެސްޓިވަލް ކުޑަފަރީ 2023" އަކީ ދުނިޔޭގެ ތިމާވެށީ ދުވަހާއި ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުޑަފަރީގެ ތޮބީޢި، ސަގާފީ އަދި މާހައުލި ސިފައާއި ދިރިއުޅުން ފާހަގަކުރުމަށް އެރަށުގެ ޖަމާއަތުން ބާއްވާ ހަރަކާތެކެވެ.
މިއީ އިންޑިއާ ކަނޑުގެ މެދުގައިވާ މިރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތެރޭގައި ކުޑަފަރީ ހިމެނިގެން އެކި ޒަމާންތަކަށް ދެމިގެން އައިސްފައިވާ އަތޮޅުގެ ދިރިއުޅުން ބައްޓަންވަމުން އައިސްފައިވާ ގަދީމީ އަދި ޒަމާނީ ދެމެހެއްޓެނިވި ގޮތްގޮތައް ދިރުވާ ގިނަ ފަރާތްތަކާއެކު ހިއްސާކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް ކައުންސިލުން ބުނެއެވެ.

ކުޑަފަރީ ކައުންސިލުން ބުނީ، ރަށުގައި ހައްދާ ދަމަހައްޓާ ގަސްގަހާގެއްސާއި، ބިމާއި ފަރުން ގޮވާންކުރުމާއި ކެއިން ބުއިމާއި އެކި ފާޑުގެ މަސައްކަތެރިކަމާއި ގެދޮރު ވަޑާން ކުރުމުގެ ވައްޓަފާޅި ހުރި ގޮތް ދެނެގަނެ ރަށުގެ ތާރީޚީ ސިފައެއްކަމުގައިވާ ބޮޑުބެރާއި، ބެރުން ރަށުގެ ޖަމާއަތުގެ ރޫހު އާލާކުރުމުގެ ހަރަކާތްތައް ހިންގާގޮތްތައް ދިރުވާ ތަޖުރިބާ ކުރުމަށް ބާއްވާ މި ފެސްޓިވަލްގެ އެންމެ ހާއްސަ ހަރަކާތަކީ ދުވަހުގެ މެންދުރަށް ރަށުގެ ޖަމާއަތުން އެކުގައި ތައްޔާރުކުރާ ބޮޑު މާލޫދު އާލާ ކެއުން ކަމަށެވެ.

މިއަހަރުގެ ފެސްޓިވަލްގެ މައިގަނޑު މަގުޞަދަކީ ދެމެހެއްޓެނިވި ތަބީއީ ސިފައިގައި ރާއްޖޭގެ ރަށްތައް ކުރިއަރާ ދިއުމަށްޓަކައި ޖަމާއަތުގެ ރޫހު އާލާކޮށް ހަމަހަމަ އިންސާފުވެރި އުސޫލުން ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރަށާއި އަތޮޅުގެ އިގްތިސާދު ހިންގުމުގައި ކުޑަފަރީގެ ޖަމާއަތާއި ގުޅިގެން މަސައްކަތްކުރާ އެހެން ރަށްރަށާއި އަތޮޅުގެ ޖަމިއްޔާތަކާއި މަސައްކަތްތެރިންނާއި ވިޔަފާރިތައް އެކުގައި ބައްދަލުވެ ތަޖުރިބާތައް ހިއްސާކޮށް އެކަން ފާހަގަކުރުން ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ރައްޔިތުން އެކުގައި އެއްވެ ހިންގަމުންއައިސްފައިވާ މުހިންމު ޖަމާއަތުގެ ހަރަކާތްތައް ލަވައާއި ބެރާ، ރަށަށް ހާއްސަ ރައިވަރާއި ކޭންބުއިން އެކަމު އަނެކަކަށް ހަދިޔާކުރުމާއި ދިވެހި ބިމާއި އުޑާއި ކަނޑުން ޒަމާނުންސުރެ އުފައްދަމުން އައިސްފައިވާ ބޭސްވެރިކަމާއި ފަންނުވެރިކަން ނެވިކަމާއި ރޫހާނީ އިލްމު އަލުން ބަލާ ހޯދާ އެކަންކަން އާލާކޮށްގެން ރަށުގެ ތަރައްގީ ގެނުވާނެގޮތްތައް ހޯދުން ކަމަށް ކުޑަފަރީ ކައުންސިލުން ބުންޏެވެ.





More from Masverin