ފަރެސްމާތޮޑާ ބަނދަރަށް މަސްކިރާ ބޯޓެއް ގެނައީ ކަނޑުވިއްކާލި މައްސަލަ އޮއްބާލަން: ހަލީމް

Sat, 03 Jun 2023 01:30 PM

View on this article on Masverin

ފަރެސްމާތޮޑާ ބަނދަރަށް މަސްކިރާ ބޯޓެއް ގެނައީ ކަނޑުވިއްކާލި މައްސަލަ އޮއްބާލަން: ހަލީމް
ފަރެސްމާތޮޑާ ބަނދަރަށް މަސްކިރާ ބޯޓެއް ގެނައީ ކަނޑު ވިއްކާލި މައްސަލަ އޮއްބާލަން ކަމަށް ފަރެސްމާތޮޑާ ކެޔޮޅު ހަލީމް ހަސަން ބުނެފިއެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި މަސްވެރިންގެ ފަރާތުން ވާހަކަ ދައްކަމުން ހަލީމް ހަސަން ބުނީ، ފަރެސްމާތޮޑާއަށް ގެނައި ބޯޓަކީ މަސްވެރިންނަށް އެެއްވެސް ކަމެއް ކޮށް ނުދީ، ކަނޑު ވިއްކުމާއި ގުޅޭ ކަންކަމުގެ މަތިއަޅައި ފޮރުވަން ގެނައި ބޯޓެއް ކަމަށެވެ.



އެއީ ބާ ދަބަރުގަނޑެއް ކަމަށާއި އެ ބޯޓަށް މަހެއް ނުކިރޭ ކަމަށް ހަލީމް ބުންޏެވެ.

ހަލީމް ބުނީ ބޯޓަށް މަސް ކިރި ފުރަތަމަ ދުވަހު ހޮޅިސެޓް ފަޅައިގެންގޮސް، ދޯނިތަކުން އެއަށް ނެގި 60 ޓަނު މަސް ރިޖެކްޓް ކުރި ކަމަށެވެ.

މިފްކޯގެ މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެނައި "ޖަޒީރާ 103" ބޯޓަށް މަސްކިރަން ފަށާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

މި ބޯޓު ބޭނުންކުރަން ފަށާފައިވަނީ އެކަމަށްޓަކައި ގދ. ފަރެސްމާތޮޑާއި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއާއި މިފްކޯގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

ޖަޒީރާ 103 ނަން ދީފައިވާ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް ކަމަށް އިދާރާތަކުން ބުނެއެވެ.



More from Masverin