މޮރިޝަަސް ސަރަހައްދަކީ މަސް އާލާވެ އުފެދޭ ހިސާބެއް: ހަލީމް

Sat, 03 Jun 2023 11:28 AM

View on this article on Masverin

މޮރިޝަަސް ސަރަހައްދަކީ މަސް އާލާވެ އުފެދޭ ހިސާބެއް: ހަލީމް

މޮރިޝަަސް ސަރަހައްދަކީ މަސް އާލާވެ އުފެދޭ ހިސާބެއް ކަމަށް ފަރެސްމާތޮޑާ މަސްވެރިއެއް ކަމުގައިވާ ހަލީމް ހަސަން ބުނެފިއެވެ.



ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި މަސްވެރިންގެ ފަރާތުން ވާހަކަ ދައްކަމުން ހަލީމް ބުނީ މަސްވެރިކަމާ ގުޅުންހުރި ޖަރީމާއެއް ސަރުކާރުން ހިންގައިގެން އުޅޭތީ އެކަމާ ގުޅޭ މައުލޫމާތު ހޯދިއިރު، ކަނޑުގެ ސަރަހައްދާ ބެހޭގޮތުން ވަކާލާތު ކުރުމުގެ ފުރުސަތުވެސް ގެއްލޭފަދަ ގޮތަކަށް ސަރުކާރުން ނިންމުމެއް ނިންމާފައ ވާކަމަށް ޑރ. މުނަންވަރުމެން ފަދަ ބޭފުޅުން ވިދާޅުވަމުން އަންނަ ކަމަށެވެ.

އެކި ޕްލެޓްފޯމްތަކުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާއާއި އުމަރު ނަސީރާއި މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ކަނޑު ވިއްކާލުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިގެން ނުވާ ކަމަށ ހަލީމް ބުންޏެވެ.

ދެކުނުގެ މަސްވެރިކަމުގެ ވަގުގަދަކަމާއި، އޭގެ ސަބަބުން އާމްދަނީ ލިބޭ މިންވަރު ދިވެހިރާއްޖޭގެ މަސްވެރި އާއިލާތަކަށް އެނގޭނެ ކަމަށް ހަލީމް ބުންޏެވެ. އަދި ދެކުނުން ފުރިހަމައަށް މަސްވެރިކަން ކުރެވޭނަމަ ލިބޭނެ އާމްދަނީ، މަސްވެރި އާއިލާތަކަށް އަންދާޒާ ކުރެވޭނެ ކަމަށް ހަލީމް ބުންޏެވެ.

މޮރިޝަސްގެ ސަރަހައްދަކީ މަސްވެރިކަން އާލާވެ، މަސް އުފެދި، އެސަރަހައްދުގެ މަސްއައިންތަކުން ނަފާ ހޯދޭނެ ފުރުސަތު ގެއްލިގެން އެކަމާ ދެކޮޅަށް ވަކާލާތު ކުރުމަށް ވަރަށް ގިނަ މީހުން އެއްތަންވެ ގައުމަށްޓަކާ، ގައުމުގެ ފަސްގަނޑަށްޓަކާ ވާހަކަ ދައްކާކަކީ އުފާކުރާ ކަމެއް ކަމަށް ހަލީމް ބުންޏެވެ.

މީގެއިތުރުން ހަލީމް ބުނީ، ރައީސް ކުރިޔަސް ކުރީ ގޯސްކަމެކޭ ބުނާނެ ރައްޔިތުން ތިބޭނެ ކަމަށާއި ކަނޑު ވިއްކާލުމަކީ ގޯހެއް ކަމަށެވެ.



More from Masverin