ފިނޭ ޒުވާނުންނާއެކު ޒުވާން މަސްވެރިޔާ ސްޕޯޓްސް ފިޝިންގްއަށް

Sat, 03 Jun 2023 09:41 AM

View on this article on Masverin

ފިނޭ ޒުވާނުންނާއެކު ޒުވާން މަސްވެރިޔާ ސްޕޯޓްސް ފިޝިންގްއަށް

ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ވެފައިވާ ޒުވާނާ، ހަސަން ސާޖިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރުމަށް ކުރާ 'އުތުރުން ދެކުނަށް' ދަތުރުގައި ހދ. އަތޮޅުގެ ހަތަރުވަނަ މަންޒިލް ކަމަށްވާ ހދ.ފިނޭއަށްގޮސް، އެރަށުގެ ޒުވާނުންނާއެކު ސްޕޯޓްސް ފިޝިންގް ތަޖުރިބާ ކޮށްފިއެވެ.



ޒުވާން މަސްވެރިޔާ ބުނާ ގޮތުގައި، ފިނޭ ޒުވާނުންނަކީ ސްޕޯޓްސް ފިޝިންގްއަށް ވަރަށް ލޯބިކުރާ ބައެކެވެ.

ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.

ޒުވާން މަސްވެރިޔާއަށް ފިނޭ ކައުންސިލާއި އަންހެނުންގެ ކޮމިޓީން ދިން މެންދުރުގެ ކެއުން -- ފޮޓޯ/ ޒުވާން މަސްވެރިޔާ

ހއ ގެ ރަށްތަކުން ވަނީ ޒުވާން މަސްވެރިޔާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ފިނޭއިންވެސް ޒުވާން މަސްވެރިޔާގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައި ވާއިރު، އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވަނީ ދިވެހި ސަގާފީ ކެއުމަށް އިންތިޒާމު ކޮށްފައެވެ.

ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން މި ދަތުރު ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށުގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އަދި ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ޒުވާން މަސްވެރިޔާ ޕޭޖުން، ދަތުރުގެ ހުރިހާ އަދާހަމައެއް ގެނެސްދޭއިރު، ބައެއް ރަށްރަށުގެ ސްކޫލު ކުދިންނާ ބައްދަލުކޮށް މަސްވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަން ހިންގާފައި ވާއިރު، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކު މަހަށް ވެސް ގޮސްފައިވެއެވެ. އޭގެ އިތުރުން މަސް ކެއްކުމުގެ މަސައްކަތް ކުރާ މީހުންނާއި ދަނޑުވެރިން އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހުންގެ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޕޭޖުން ވަނީ ގެނެސްދީފައެވެ.



More from Masverin