ތިނަދޫ ރައީސް އިސްވެހުންނަވައި އައިސްޕްލާންޓް ބަންދުކުރި މައްސަލަ ބަލަން މަސްވެރިން އެލްޖީއޭއަށް ގޮވާލައިފި

Sat, 03 Jun 2023 09:25 AM

View on this article on Masverin

ތިނަދޫ ރައީސް އިސްވެހުންނަވައި އައިސްޕްލާންޓް ބަންދުކުރި މައްސަލަ ބަލަން މަސްވެރިން އެލްޖީއޭއަށް ގޮވާލައިފި

ހުވަދުއަތޮޅު ތިނަދޫ ކައުންސިލްގެ ރައީސް އިސްވެހުންނަވައި އައިސްޕްލާންޓް ބަންދުކުރި މައްސަލަ ބަލަން މަސްވެރިން އެލްޖީއޭއަށް ގޮވާލައިފިއެވެ.



ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި މަސްވެރިންގެ ފަރާތުން ވާހަކަ ދައްކަމުން ފަރެސްމާތޮޑާ މަސްވެރިއެއް ކަމުގައިވާ ހަލީމް ހަސަން ބުނީ، މީގެ ދެތިން ދުވަސްކުރިން ތިނަދޫއަށް ދިޔައިރު އެރަށު އައިސްޕްލާންޓް ކައިރީ އިހުތިޖާޖު ކުރާތަން ފެނުނު ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދިޔައީ އެރަށު ބަނދަރުގައި މަސްކިރާ ބޯޓެއް އޮންނަން ޖެހޭނެ ކަމަށާއި ޒަމާނުއްސުރެން އެރަށު ބަނދަރުގައި ބޯޓެއް އޮންނައިރު މިހާރު ބޯޓު ނެތީ ކީއްވެތޯ މަސްވެރިން ސުވާލު ކުރަމުން ދިޔަ ކަމަށް ހަލީމް ބުންޏެވެ.

އެކަމާ އެއްބަސްވުމުގެ ގޮތުން ހަލީމްވެސް ބުނީ އަބަދުވެސް ތިނަދޫ ފަޅުގައި ބޮޑު ބޯޓެއް އޮންނަކަމަށެވެ.

އޭރު ހުވަދު އަތޮޅުގައި ހުރި މަދު އައިސްޕްލާންޓުގެ ތެރެއިން ދެއްވަދޫ، ގައްދޫ، ފިޔޯރީ ޕްލާންޓް ހުރީ ހުއްޓިފައިކަން ފާހަގަކޮށް ހަލީމް ބުނީ ދިވެހިރާއްޖޭގެ ހުރިހާ ކަނޑުމަސްވެރިން ހުވަދޫ އަތޮޅުގައި މަސްވެރިކަން ކުރަން އެބަތިބި ކަމަށެވެ.

އެހެން ނަމަވެސް އެރަށު މީހުން ނުކުމެ އައިސްޕްލާންޓް ބަންދުކުރިއިރު، މި ސަރުކާރަށް ނިސްބަވްތާ ތިނަދޫ ކައުންސިލްގެ ރައީސް އިސްކޮށް ހުންނެވި ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ހަލީމް ބުންޏެވެ.

އެގޮތަށް އައިސްޕްލާންޓް ބަންދު ނުކުރެވޭނެ ކަމަށާއި އެއީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ވުމާއެކު އެކަން ބަލައިދިނުމަށް އެލްޖީއޭއަށް ގޮވާލާ ކަމަށް ހަލީމް ބުންޏެވެ.

ހަލީމް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.



More from Masverin