ކުޅުދުއްފުށީގައި ބަލި މީހެއްގެ އެހީތެރިޔަކު ޑޮކްޓަރަކަށް ހަމަލާ ދިން މައްސަލައެއް

Fri, 23 Aug 2024 11:37 AM

View on this article on Khabaru Online

ކުޅުދުއްފުށީގައި ބަލި މީހެއްގެ އެހީތެރިޔަކު ޑޮކްޓަރަކަށް ހަމަލާ ދިން މައްސަލައެއް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި (ކޭއެޗްއާރު) ހިނގި ހާދިސާއެއްގައި ބަލިމީހެއްގެ އެހީތެރިޔަކު ޑޮކްޓަރަކަށް ހަމަލާދިން މައްސަލައެއް އާންމުވެއްޖެއެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ޑޮކްޓަރު ބަލިމީހާގެ ހާލަތު ކިޔައިދެމުން ދަނިކޮށް ފޯނަކަށް ޖަވާބުދިނުމުން، އެކަމާ ރުޅިއައިސްގެން ބަލިމީހާގެ އެހީތެރިޔާ ޑޮކްޓަރަށް ހަމަލާދިނުމުންނެވެ.

މި މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެވިފައެވެ. އަދި ހޮސްޕިޓަލުން ވެސް ވަނީ މިކަން ކުށްވެރިކުރާ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ މި ހަމަލާއަކީ ޑޮކްޓަރަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ލިބޭފަދަ ޢަމަލެއްކަމަށެވެ.

ހޮސްޕިޓަލުން އިތުރަށް ބަޔާންކޮށްފައިވަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށެވެ. އަދި ޞިއްޙީ ޚިދުމަތުގެ ޤަދަރަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.



More from Khabaru Online