ޝޯއެއްގައި ކަރަންއަށް ފުރައްސާރަ ކުރުމުން ހިތްހަމަނުޖެހިގެން ނުރުން ފާޅުކޮށްފި

Tue, 07 May 2024 03:23 PM

View on this article on Khabaru Online

ޝޯއެއްގައި ކަރަންއަށް ފުރައްސާރަ ކުރުމުން ހިތްހަމަނުޖެހިގެން ނުރުން ފާޅުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ކޮޕީކޮށް، ފުރައްސާރަކުރި ކަމަށް ބުނެ އޭނާ ނުރުހުން ފާޅުކޮށްފި އެވެ.



އާދީއްތަ ދުވަހުގެ ރޭ ހިއްސާކުރި އިންސްޓަގްރާމް ސްޓޯރީއެއްގައި ކަރަން ބުނީ އޭނާއަށް އިހުތިރާމް ކުޑަވާ ގޮތަށް އަދި ކުޑައިމީސްވާ ގޮތަށް ފުރައްސާރަ ކޮށްފައިވާ ވީޑިއޯއެއް ޓީވީއިން ފެނުނީ އޭނާގެ މަންމަވެސް ކައިރީގައި އިންދާ ކަމަށެވެ.

ކަރަން އަށް ޖޯކް ޖެހީ މިހާރު ސޮނީ ޓީވީން ދައްކަމުން އަންނަ "މޭޑްނެސް މަޗާއޭގޭ" ޝޯގަ އެވެ. އޭގެ އެޕިސޯޑެއްގައި ކޮމީޑިއަން ކޭތަން ސިންގް، ކަރަން ހެދުން އަޅާ ގޮތަށް ހެދުން އަޅަައިގެން އޭނަގެ ސްޓައިލްގައި "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއް ހޯސްޓްކުރާ ގޮތް ދެ މެހުމާނަކާ އެކީ ދައްކަ އެވެ.

ކަރަން ބުނީ ނުދައްނަ މީހުން ސޯޝަލް މީޑިއާގައި އޭނާ އާއި ބެހޭގޮތުން ފާޑު ފާޑުގެ މަލާމަތް ތަށް ކުރި ކަމުގައިވިޔަސް ގައުމީ ޓިވީ އިން އެފަދައިން އޭނާއަސް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވަނީ އިންޑަސްޓްރީގައި 25 އަހަރު ހޭދަ ކޮށްފައި ކަމަށާއި އެއީ ބަލައި ގަންނަށް ޖެހޭ ކަންކަން ކަމަށް ވަނީ ބުނެފައިއެވެ.

ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހިންގަމުން އަންނަ ކަރަން އަކީ ކާމިޔާބު އެތައް ފިލްމެއް ވެސް ގެނެސް ދީފައިވާ މީހެކެވެ.  ކަރަން އަކީ ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއްގެ އިތުރުން ހޯސްޓެއް ވެސް މެ އެވެ.

The post ޝޯއެއްގައި ކަރަންއަށް ފުރައްސާރަ ކުރުމުން ހިތްހަމަނުޖެހިގެން ނުރުން ފާޅުކޮށްފި first appeared on Khabaru Online.



More from Khabaru Online