އަތޮޅުތެރެއިން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު 790 އަށް

Sun, 05 May 2024 10:34 PM

View on this article on Khabaru Online

އަތޮޅުތެރެއިން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު 790 އަށް

ދިރާސީ އާ އަހަރަށް ރަށްރަށުން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު މިހާތަނަށް 790 އަށް އަރާފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.



އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމު ހުށަހަޅާފައިވާ ގޮތުގެ އަދާހަމަ މިއަދު ހާމަކުރަމުންނެވެ.

އެ އަދާހަމައިގާވޮތުގައި މިހާތަނަށް މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށް 2290 ފޯމު ހުށަހަޅާފައިވެއެވެ. ގްރޭޑް އެކެއް ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމު ހުށަހަޅާފައިވެއެވެ. އަދި އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމު ހުށަހަޅާފައިވާއިރު މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 660 ފޯމު ހުށަހަޅާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 07 މެއިގެ މެންދުރު 02:00ގެ ކުރިންނެވެ. 7 މެއި ގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު 13 މެއިގެ ކުރިން ފޮނުވޭނެކަމުގައިވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

 

The post އަތޮޅުތެރެއިން މާލޭ ސްކޫލުތަކަށް ބަދަލުވާން ހުށަހަޅާފައިވާ އަދަދު 790 އަށް first appeared on Khabaru Online.



More from Khabaru Online