ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ފެނަކައިންވެސް ގޭބިސީތަކަށް ފޮނުވަން ފަށައިފި

Sun, 05 May 2024 12:43 PM

View on this article on Khabaru Online

ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ފެނަކައިންވެސް ގޭބިސީތަކަށް ފޮނުވަން ފަށައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ފެނަކަ ކޯޕަރޭޝަންއިންވެސް މިއަދު ގޭބިސީތަކަށް ފޮނުވަން ފަށައިފިއެވެ.



ފެނަކައިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައިވާކަމުގައެވެ.

އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ކަރަންޓު ބިލް ކުޑަ ކުރުމަށްފަހު ފެނަކައިން ގޭބިސީތަކަށް ފޮނުވަން ފަށާފައިވާއިރު، ރޯދަމަހު ދިން ޑިސްކައުން ދީފައިވަނީ ރައީސް އެންގިގޮތަށް ނޫންކަމަށްވާތީ އަލުން ޑިސްކައުންޓް ދިނުމަށް ރައީސް އެންގެވުމާއި ގުޅިގެން އެމްޑަބްލިއުއެސްސީއިންނާއި ސްޓެލްކޯއިންވެސް މިހާރުވަނީ ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ގޭބިސީތަކަށް ފޮނުވަން ފަށާފައެވެ.

The post ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ފެނަކައިންވެސް ގޭބިސީތަކަށް ފޮނުވަން ފަށައިފި first appeared on Khabaru Online.



More from Khabaru Online