އިންތިޚާބީ މެމްބަރ އިމްރާން ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް ބަދުނާމް ކުރިކަމުގެ ތުހުމަތު

Sat, 04 May 2024 10:18 PM

View on this article on Khabaru Online

އިންތިޚާބީ މެމްބަރ އިމްރާން ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް ބަދުނާމް ކުރިކަމުގެ ތުހުމަތު

ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރ އިމްރާން ލަތީފް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތު ކޮށްފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.



ޝެއިޚް އިމްރާނު ދުއްވަމުންދިޔަ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ހާދިސާ ހި ސަރަހައްދަށް އިންތިޚާބީ މެމްބަރު އިމްރާން ވަޑައިގެން ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އެކްސިޑެންޓްވި ޕިކްއަޕްގެ ޑަރައިވަރަށް ޝެއިޚް އިމްރާމް މާފް ކޮށްދޭންޖެހޭ ކަމަށާއި، އެ ޑްރައިވަރަކީ ވަރަށް ބޮޑު ނިކަމެއްޗެއް ކަމުގައެވެ. އަދި ޝެއިޚް އިމްރާން އޭނާއަށް މާފް ނުކޮށްފިނަމަ، ޕިކަޕް ޑްރައިވަރުގެ ފަރާތުން އޭނާ ބަދަލު ދޭނެކަމުގައިވެސް އިންތިޚާބީ މެމްބަރު އިމްރާން ވިދާޅުވެފައިވެއެވެ.

ވީޑިއޯގައި ދެއްކު ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޝެއިޚް އިމްރާން ހުންނެވީ އެއްވެސް ވާހަކައެއް ވިދާޅުނުވެ ހަނުއެވެ.

މި ހާދިސާއާއި ގުޅޭގޮތުން އަދާލަތު ޕާޓީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން މިއަދު ދަތުރުކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރ މަޑުކުރައްވައިގެން ތިއްބަވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އެ ޕާޓީއިން ކުށްވެރިކުރާ ކަމުގައެވެ.

އަދާލަތު ޕާޓީގެ އެކްސް ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމުގައެވެ.

އަދި އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫންކަމަށްވެސް އަދާލަތު ޕާޓީން ބުނެފައި ވެއެވެ.



More from Khabaru Online