"އެނިމަލް" ގެ ސީކުއަލް ގެ ޝޫޓިން 2026 ގައި

Wed, 24 Apr 2024 09:53 AM

View on this article on Khabaru Online

"އެނިމަލް" ގެ ސީކުއަލް ގެ ޝޫޓިން 2026 ގައި

މިދިއަ އަހަރު ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "އެނިމަލް" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިއަ ވަރަށް ކާމިޔާބު ފިލްމްއެކެވެ. ފިލްމްގެ ކާމިޔާބީ އާއި އެކުގައި ސީކުއަލް އެއް ހަދާނެ ކަން އިއުލާން ކުރިއެވެ.



މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނުނު "އެނިމަލް" ގެ ސީކްއެލް "އެނިމަލް ޕާކް" ގެ ޝޫޓިން ފަށާނީ 2026 ގައި ކަމަށް ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ވަނީ ބުނެފައިއެވެ.

އޭނަ ބުނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއްގެ އިތުރުން ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި ފިލްމުގެ ދެވަނަ ބައި ވާނީ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ފިލްމަކަށް ކަމަށެވެ.

މި ފިލްމް އަކީ ލީޑުން ރަންބީރު ކަޕޫރު އާއި ސައުތުގެ މަޝްހޫރު ބަތަކާ ރަޝްމިކާ މަންދަނާ ފެނިގެންދާ ފިލްމްއެކެވެ. މީ ދެތަރިން އެކުގައި ފެނިގެންދިއަ ފުރަތަމަ ފިލްމްއެވެ. ކާމިޔާބު މި ފިލްމްގެ ކާސްޓުގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

"އެނިމަލް" ގައި ދައްކުވައި ދީފައި ވަނީ ބައްޕައަކާއި ފިރިހެން ދަރިއަކާ ދެމެދު މާ ބޮޑު ގުޅުމެއް ނެތުމުން، އެ ކުއްޖާ ވަރަށް ރުންކުރު މީހެއްގެ ގޮތުގައި ބޮޑުވުމުން ދިމާވާ ހާދިސާތަކެވެ.

The post "އެނިމަލް" ގެ ސީކުއަލް ގެ ޝޫޓިން 2026 ގައި first appeared on Khabaru Online.



More from Khabaru Online