މެޖޯރިޓީ ރޫޅިގެންދިޔަ ނުދީ ހިފެހެއްޓޭނެ: އަދުރޭ

Tue, 23 Apr 2024 10:59 PM

View on this article on Khabaru Online

މެޖޯރިޓީ ރޫޅިގެންދިޔަ ނުދީ ހިފެހެއްޓޭނެ: އަދުރޭ

ވެރިކަންކުރާ ޕީއެންސީއަށް ލިބިގެންދިޔަ ސުޕަރ މެޖޯރިޓީ ރޫޅިގެންދިޔަ ނުދީ ހިފެހެއްޓޭނެ ކަމުގައި، އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބުގެ ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި، ރައީސް މުއިއްޒުގެ އިސް މުޝީދު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.



ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ، ލިބިވަޑައިގެންނެވި މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، މީގެ ކުރީގެ ސަރުކާރުތަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބި ނުހިފެއްޓުނީ ކީއްވެކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ 12 މެންބަރުން ވަކިވެގެން ދިޔައީ ކީއްވެގެންކަމާއި، އެކަން އެހެން ހިނގީ ކޮން ސަބަބުތަކެއް ހުރެކަން އެންމެ ގާތުން ފެނިވަޑައިގެންނެވިކަމަށެވެ.

އަދި ކުރިން ފެނިވަޑައިގަތް ކަންތައްތަކުގެ ތަޖުރިބާގެ އަލީގައި މިހާރުގެ ސަރުކާރާއި، އަލަށް އިންތިޚާބުވި މެންބަރުންނަށް، މެޖޯރިޓީ ހިފަހައްޓަން ކުރަންޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި މިކަމަށް އޮތް އެންމެ ބޮޑު އިތުބާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެއްވެސްކަމެއް ދިމާވެގެން އެއްވެސް ބޭފުޅަކު ދުރަށްވަޑައިގަންނަވަން ނުޖެހޭނެކަންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ މެންބަރުކަން މީގެ ކުރީގެ ދައުރުތަކުގައިވެސް އަދާކުރެއްވި ސީނިއަރ ބޭފުޅުން އެބަތިއްބެވިކަމަށާއި އެބޭފުޅުންގެ ތަޖުރިބާއާއެކު ދިވެހި ރައްޔިތުން ދިން މެޖޯރިޓީ ހިފަހައްޓައިގެން މިދައުރު ފުރިހަމަކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. އެގޮތުން ޕީއެންސީގެ 66 މެންބަރުންނާއި ރައީސްގެ ތާޢީދާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުންނާއެކު އަޣްލަބިއްޔަތު 80 އާއި ގާތްކުރާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

The post މެޖޯރިޓީ ރޫޅިގެންދިޔަ ނުދީ ހިފެހެއްޓޭނެ: އަދުރޭ first appeared on Khabaru Online.



More from Khabaru Online