މި ސަރުކާރުގަ އޮތީ ކުދި ރަށްރަށް ބާކީ ކުރުމުގެ ވިސްނުމެއް، މާލެއަށްވެސް ދައްކަނީ ދަޅައެއް: ރައީސް ސާލިހު | @ibusolih

Sat, 20 Apr 2024 02:00 AM

View on this article on Khabaru Online

މި ސަރުކާރުގަ އޮތީ ކުދި ރަށްރަށް ބާކީ ކުރުމުގެ ވިސްނުމެއް، މާލެއަށްވެސް ދައްކަނީ ދަޅައެއް: ރައީސް ސާލިހު | @ibusolih

މި ސަރުކާރުގަ އޮތީ ކުދި ރަށްރަށް ބާކީ ކުރުމުގެ ވިސްނުމެއް، މާލެއަށްވެސް ދައްކަނީ ދަޅައެއް ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.



ރައީސް ސާލިހު މިހެން ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ނިންމާލުމަށް އެމްޑީޕީން މިއަދު ބޭއްވި ޚާއްސަ ޕެރޭޑްގައި ވާހަކަ ދައްކަވަމުންނެވެ.

ތަފާތު އެކި މެސެޖްތައް ދައްކުވައިދޭގޮތަށް ފަރުމާ ކޮށްގެން މިއަދު ހަވީރު އެމްޑީޕީން ބޭއްވި ޕެރޭޑުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިފަހަރު ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ދީފިނަމަ އެއީ ތަރައްގީއާއި އިދިކޮޅަށް ދެވޭ ވޯޓެއް ކަމުގައެވެ. އަދި އެއީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަށް ދެވޭ ވޯޓެއް ކަމަށާއި، އެއީ ފްލެޓްތައްވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ބަހާލުމަށް ދެވޭ ވޯޓެއް ކަމުގައެވެ.

ގޯތިތަކުގެ ލިސްޓަށް ބަދަލު ގެނައުމަށް ދެވޭ ވޯޓެއް. މާލޭގެ ރައްޔިތުންނާއި މާލޭގަ ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ ރައްޔިތުން މިކަމާ ދޭތެރޭ ފުންކޮށް ވިސްނަވަން އެބަޖެހޭ. މި ސަރުކާރަކު ނެތް ރާއްޖެތެރޭ ރަށްރަށް ތަރައްގީ ކުރުމުގެ ވިސްނުމެއް. ޚާއްސަކޮށް ކުދި ރަށްރަށް ބާކީ ކުރުމުގެ ވިސްނުން އޮތީ. މާލެއަށްވެސް ދައްކަނީ ދަޅައެއް.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ފުށި ދިއްގަރު ފަޅު ފެނުމުން އެކަން ސާފުވާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދަވަނީ މި އިންތިޚާބަށް އެކަނި ކަމުގައެވެ.

އަދި ރައީސް ސާލިހުވަނީ "އެ މަޅީގައި" ޖެހިވަޑައި ނުގަތުމަށް ގޮވާލައްވާފައެވެ.

The post މި ސަރުކާރުގަ އޮތީ ކުދި ރަށްރަށް ބާކީ ކުރުމުގެ ވިސްނުމެއް، މާލެއަށްވެސް ދައްކަނީ ދަޅައެއް: ރައީސް ސާލިހު | @ibusolih first appeared on Khabaru Online.



More from Khabaru Online