ދިއްދޫ އެއާޕޯޓު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

Sat, 20 Apr 2024 01:41 AM

View on this article on Khabaru Online

ދިއްދޫ އެއާޕޯޓު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫ އެއާޕޯޓް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އެ މަޝްރޫއުގެ ދަށުން ދިއްދޫ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން އެމްޓީސީސީން ހިއްކާނެއެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ ދިއްދޫގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

The post ދިއްދޫ އެއާޕޯޓު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި first appeared on Khabaru Online.





More from Khabaru Online