މ. މަޑުއްވަރިން ފުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ 2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމުގައެވެ.
އަދި މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. މިކަމުގެ މަޢުލޫމާތު މިހާރު އެމް.އެން.ޑީ.އެފް އާ ހިއްސާކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ދޯނީގައި މަހަށް ގޮސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށާއި މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅުއްވައި އެމަޢުލޫމާތެ
ހިއްސާކުރެއްވުއެދޭ ކަމުގައެވެ
The post މ. މަޑުއްވަރިން ފުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި first appeared on Khabaru Online.