ފުށިދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުން ބާތިލް ކުރަންޖެހޭ: ރައީސް ޔާމިން

Fri, 19 Apr 2024 11:23 PM

View on this article on Khabaru Online

ފުށިދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުން ބާތިލް ކުރަންޖެހޭ: ރައީސް ޔާމިން

މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު ބިން ހިއްކުމުގެ މަޝްރޫގެ އެއްބަސްވުން ބާތިލްކުރަންޖެހޭ ކަމުގައި ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.



ރައީސް ޔާމިން މިހެން ވިދާޅުވީ 11 އަަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމާއެކު، ރާއްޖެތެރެއަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުވަމުއްލަކު ސިޓީ އަށް ވަޑައިގެން އެރަށުގައި ސަޕޯޓަރުންނާ ބައްދަލުކުރަައްވާ ވާހަކަދައްކަވަމުންނެވެ.

އަޅުގަނޑު އާއެކޭ ނުބުނާނަމޭ، މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ، އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގަ ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓު ބާތިލް ކުރާށޭ.

ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވި ރައްޔިތުންނަށް ފައިދާ ނުވާ އެއްވެސްކަމަކަށް އާބަސް ވިދާޅު ނުވާނެ ކަމުގައެވެ.

The post ފުށިދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުން ބާތިލް ކުރަންޖެހޭ: ރައީސް ޔާމިން first appeared on Khabaru Online.



More from Khabaru Online