ފަތުރުވެރިކަމާބެހޭ ވަޒީރު ޔޫއެންގެގެ ޢާއްމު މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

Thu, 18 Apr 2024 11:04 AM

View on this article on Khabaru Online

ފަތުރުވެރިކަމާބެހޭ ވަޒީރު ޔޫއެންގެގެ ޢާއްމު މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

ރާއްޖޭގެ ފަތުރުވެރުކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އދ ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސެސްއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަަލުކުރެއްވުން އޮތީ ޔިއުޔޯކުގައި ހުންނަ އދ ގެ މައި އިދާރާގައި އެވެ. މިއީ ވަޒީރު ފައިސަލް އދ ގެ ބައެއް ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުމަށްޓަކައި މިހާރު އެމެރިކާއަށް ކުރައްވަމުން އަންނަ ދަރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އދ ގެ އާންމު މަޖިލީހުގެ ރައީސް ޑެސިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޑްސް، އެމްވީއައި، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމަށް އިސްކަން ދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ޑެނިސް ވަނީ ޓޫރިޒަމާ ބެހޭ ގޮތުން މިއަދު ބާއްވާ ހައިލެވެލް ތީމެޓިކް އިވެންޓަށް ރާއްޖެއިން ދޭ އެއްބާރުލުމަށް ތައުރީފު ކުރައްވާފައި އެވެ.

The post ފަތުރުވެރިކަމާބެހޭ ވަޒީރު ޔޫއެންގެގެ ޢާއްމު މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި first appeared on Khabaru Online.



More from Khabaru Online