13 މެމްބަރުންނާއިއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސްއަށް!

Tue, 19 Sep 2023 12:04 PM

View on this article on Khabaru Online

13 މެމްބަރުންނާއިއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސްއަށް!

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް ލިބިއްޖެއެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސް އަށް ލިބިފައިވާއިރު މަޖިލީހުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވައެވެ. މީގެ ކުރިން މަޖިލީހުގައި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ތިން މެންބަރުން ތިއްބަވާއިރު އިތުރު 10 މެންބަރުން ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މަޖިލީހުގައި މެންބަރުން ނިސްބަތްވާ ޕާޓީތައް:

– އެމްޑީޕީ – 56 މެންބަރުން
– ދަ ޑިމޮކްރެޓްސް – 13 މެންބަރުން
– ޕީޕީއެމް – 5 މެންބަރުން
– ޕީއެންސީ – 3 މެންބަރުން
– އެމްއެންޕީ – 3 މެންބަރުން
– އެމްޑީއޭ – 2 މެންބަރުން
– ޖުމްހޫރީ ޕާޓީ – 2 މެންބަރުން
– މިނިވަން – 3 މެންބަރުން

މި ބަދަލާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަޢީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރެއްވިއެވެ.

މީގެ އިތުރުން މި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށާއި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް އަންނާނެ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

The post 13 މެމްބަރުންނާއިއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސްއަށް! first appeared on Khabaru Online.


More from Khabaru Online