މަރަދޫ ކައުންސިލަރ ނާދިރު އެމްޑީޕީއާއި ގުޅިއްޖެ

Sun, 04 Jun 2023 10:38 PM

View on this article on Khabaru Online

މަރަދޫ ކައުންސިލަރ ނާދިރު އެމްޑީޕީއާއި ގުޅިއްޖެ

އައްޑޫސިޓީ މަރަދޫ ދާއިރާގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލަރ އަޙްމަދު ނާދިރު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.



އެމްޑީޕީގެ އިސްލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އައްޑޫސިޓީ ފޭދޫ އެމްޑީޕީ އޮފީސް ހުޅުވާދެއްވާފައެވެ. އަދި އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ މައި ހަރުގެވެސް އެމަނިކުފާނު މިއަދު ހުޅުއްވާދެއްވެވިއެވެ.

ހިތަދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަރަދޫ ދާއިރާގެ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ އަޙްމަދު ނާދިރު ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. އޭނާ މިހާތަނަށް ހުންނެވީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގެން މިނިވަން މެމްބަރެއްގެ ގޮތުގައެވެ.

އައްޑޫ ސިޓީގެ އެކި ދާއިރާތަކުން އެމްޑީޕީއާއި ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމްތައް މި ރަސްމިއްޔާތުގައި ވަނީ ޕާޓީއާ ހަވާލުކޮށްފައެވެ. މި ފޯމްތަކާއި ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލްއެވެ.



More from Khabaru Online