އިގްތިސާދީ ގޮތުން ޕާކިސްތާނަށް ގެއްލުން ބޮޑު އަހަރެއް

Thu, 08 Jun 2023 09:48 PM

View on this article on Kaafu Online

އިގްތިސާދީ ގޮތުން ޕާކިސްތާނަށް ގެއްލުން ބޮޑު އަހަރެއް

ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނުގެ އިގްތިސާދު އޮތީ ބޯކޮޅު ވަރަށް ޖަހާފައެވެ. މި ނިމޭ މާލީ އަހަރުގެ ތެރޭގައި ޖުމުލަކޮށް ދަށް ނަތީޖާއެއް ދައްކާފައިވެއެވެ.



ސިނާއީ އުފެއްދުންތެރިކަންވަނީ 3 ޕަސެންޓަށް ދަށަށް ގޮސްފައެވެ.  ޖީޑީޕީ ކުރިއަރާފައިވަނީ އެންމެ 0.29 ޕަސެންޓަށެވެ. އަދި އިންފްލޭޝަން 29 ޕަސެންޓަށް ވުރެ މައްޗަށް އަރާފައުވާ ކަމަށް ޕާކިސްތާންގެ މާލީ ވަޒީރު އިސްހާގު ދާރް ވިދާޅުވެއެވެ.

އިގްތިސާދީ ތަފާސްހިސާބުތަކާ ހަވާލާ ދެއްވަމުން ދާރް ވަނީ އިކޮނޮމިކް ސާވޭ 2022-23 ލޯންޗު ކޮށްދެއްވާފައެވެ. މިއީ ޕާކިސްތާންގައި ބަޖެޓު އިއުލާން ކުރުމުގެ އެއްދުވަސް ކުރިން އާންމުކޮށް އޮންނަ ހަރަކާތެކެވެ.

ޕާކިސްތާންގެ އިގްތިސާދީ ސާވޭން ދައްކަނީ ސިޔާސީ ހަލަބޮލިކަމާއި ކުރިން ނުފެންނަ މޫސުމީ ކާރިސާތަކކުގެ ސަބަބުން ޖޫން 30 ގައި ނިމުނު އަހަރުގެ ތެރޭގައި ސަރުކާރަށް އިގްތިސާދީ ކާމިޔާބީއެއް ހޯދިފައި ނެތް ކަމަށެވެ.

އައު ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރު ޖީޑީޕީ ކުރިއެރުން 0.29 ޕަސެންޓުގައި ހުރިއިރު، 5 ޕަސެންޓްގެ ޓާގެޓަށް ޥާސިލެއް ނުވެވުނެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަރާފައި ވަނީ 1.55 ޕަސެންޓާއި ސިނާއަތުގެ ޑާއިރާއިން 2.94 ޕަސެންޓާއި ހިދުމަތްތަކުގެ ދާއިރާއިން 0.86 ޕަސެންޓް ކަމަށް ދައްކައެވެ.



More from Kaafu Online